badgem
އެއީ 2000 ވަނަ އަހަރެވެ. ސަފްވާން ހުރީ މުޙިއްބުއްދީން ސްކޫލް (އޭރުގެ ސަދަން ސެކަންޑަރީ ސްކޫލް) ގެ ދިވެހި ޓީޗަރަކަށެވެ. ސްކޫލް ތެރޭގައި ދަރިވަރުންނާއި އޭރުގެ ޕްރިންސިޕަލް ދިމާވި މައްސަލައެއްގެ ތެރޭގައި ދަރިވަރުންނާއި ބައިވެރިވެ އުޅުނު 3 ޓީޗަރުންގެ ތެރޭގައި ސަފްވާން ހިމެނެއެވެ. ސަފްވާންގެ އިތުރުން އޭގައި ބައިވެރިވި ކެމިސްޓްރީ ޓީޗަރ ޞާދިޤު (ސޯބެ) އާއި އިސްލާމް ޓީޗަރ ޢަބްދުއްސަމީޢު ސްކޫލުން ވަކި ކުރުމުން ދެން ތިމަންނަ ވަކި ކޮށްފާނެހެން ހީވީމާ ސްކޫލުން އަމިއްލައަށް ބޭރުވެގަތީއެވެ. އޭރު މިކަލޭގެ އަކީ ސަރުކާރުގެ
އޭގެ ފަހުން އުޅުނު ތަނެއްގައި އުޅުމަށްފަހު، އަނެއްކާވެސް ކޮންމެވެސް ބާރެއް ސަފްވާނަށް ފެނިއްޖެއެވެ. އެއީ ޑީއާރުޕީ އެވެ.
ޑީއާރުޕީ އާއި މީނާ ގުޅުނީ އެހެން އިތުރު ކަމެއް އޮވެގެނެއް ނޫނެވެ. ހަމައެކަނި މަޤާމުގެ ދަހިވެތި ކަމުގައެވެ. އެއާއެކު މީނައަށް މުޙިއްބުއްދީނުގެ އޭލެވެލް ދިވެހި ޓީޗަރެއްގެ ވަޒީފާވެސް ލިބިއްޖެއެވެ. އިއްޔެ ބަޣާވާތް ކުރި މީހާ މިއަދު ސްކޫލްގެ އިސް ވެރިއަކަށް ވެއްޖެއެވެ. އެގޮތުން 2007 އަށް އެޅި އިރު މިކަލޭގެ ވެގެން ދިޔައީ ސުޕަވައިޒަރަކަށެވެ. އެގޮތުން މުޙިއްބުއްދީނުގެ ސުޕަވައިޒަރު ކަމުގެ މަޤާމު ލިބުމުން ތިމަންނައަކީ އިސްލާމެކޭ ހިތަށް ނާރާ ތަނުގައި އައްޑޫ އަށް ނިސްބަތްވާ މީހެކޭވެސް ހިތަކަށް ނޭރިއެވެ. އޭލެވެލް އަންހެން ކުދިން ގޮވައިގެން އުޅުމަށް ވުރެ އަމިއްލައަށް އަންހެނަކު ހޯދައިގެން ކައިވެނި ކުރުން މާ ރަނގަޅުވާނެއެވެ.
އަންހެން ކުދިންގެ ޔުނިފޯމް ޤަވާޢިދު ހިފައިގެން ބުރުގާ އަޅައިގެން އުޅޭ އަންހެން ކުދިންގެ ޢައުރަ ނުފެނިގެން އެކުދިން ފަހަތުން ނައްޓާ ނުލެވިގެން ތިޔަ އުޅެނީ ކައިވެނި ނުކޮށް އުޅޭތީއެވެ. މިއަދު އެކުދިން ކައިރީ ކިޔަނީ ބެޖު ފެންނަވަރަށް ބުރުގާ މައްޗަށް ނަގާށޭ މިހެންނެވެ. މި އުޅެނީ ބެޖު ބަލާކަށް ނޫނެވެ. މިއީ ސަފްވާނު އަމިއްލައަށް ބޭޒާރުވަނީއެވެ.
ސަފްވާނުއެވެ! އަންހެންކުދިންގެ މޭމަތި ނިވާކުރުމަށް އެންގެވީ ސަފްވާނާއި އަހަރެމެން ހެއްދެވި ކާއިނާތުގެ ވެރި ﷲއެވެ. އެއިލާހުގެ އަމުރާއި ދެކޮޅަށް އަމުރުކޮށް އެއިލާހުގެ ނަބިއްޔާގެ ވާރުތަވެރިން ކަމުގައި ވާ ދީނުގެ ޢިލްމުވެރިންނަށް ބަސްބުނެ އުޅެނީ ފަހެ ﷲ ދެކެ ބިރު ނުގަންނަނީ ހެއްޔެވެ؟ ޢާދުބާގައިގެ މީހުންވެސް ހީކުޅައީ ތިމަންނަމެންނަށް ވުރެ ބާރުގަދަ ބަޔަކު ނެތް ކަމަށެވެ. އެހެންނަމަވެސް އެމީހުންވެސް ހަލާކު ކުރެއްވީ ﷲ އެވެ.
ފިރުޢައުނު އަކީވެސް ބާރުގަދަ ވެރިއެކެވެ. ކަލޭ ތިޔަ ދަޢުވާ ކުރަނީ އޭނާގެ މޭރުމުންނެވެ. އޭނާ ބުނިގޮތަށް [އަހަންނަކީ ކަލާންގެތަކުގެ ވެރިޔާއޭ] ބުނަން ކަލެއަށް އަދި ނުކެރެނީތާއެވެ؟ ﷲ އޭނާވެސް ހަލާކު ކުރެއްވީއެވެ. އެއީ މާ ކުރީގެ ވާހަކައެވެ. ކަލޭގެ އަމިއްލަ ނަފްސަށް ބަލާށެވެ. ކަލޭގެ ތިޔަ އުޅުން ބަދަލު ނުކޮށްފިނަމަ ކަލޭ ހަލާކު ވުމުގެ ސިގްނަލް މިހާރުވެސް އަޅަމުން ދަނީއެވެ. (ނުނިމޭ)